Pages

Wednesday, 6 June 2012

އަބޫޤުދާމާ އާއި ޒުވާން ފިރިހެން ކުއްޖާ

  • އަބޫޤުދާމާއާއި ޒުވާން ފިރިހެން ކުއްޖާގެ ވާހަކަ         


އެއީ ސަތާރަ އަހަރުގެ ޒުވާން ކުއްޖެކެވެ.  އޭނާގެ މޫނަކީ ހަނދުފަދަ އަލިކަމެއް ލިބިގެންވާ މޫނެކެވެ. އަހަރެން އޭނާއަށް ބުނިން "އޭ ދަރިފުޅާ ތިބާގެ ބައްޕަ ދުނިޔޭގައި އެބަހުރިތަ؟" އޭނާ ބުނި "ޞަލީބީންވަނީ އަހަރެން ބައްޕަ ޤަތުލުކޮއްފަ، ޝަހީދުކޮށްފަ، އަހަރެން މިނުކުއްނަނީ އަހަރެންގެ ބައްޕަ ޤަތުލު ކުރި މީހުންނާ ހަނގުރާމަކުރަން" އަހަރެން ބުނެފިން އެހެންވިއްޔާ"މަންމަ އެބަހުރިތަ؟" އޭނާ ބުނި "އާދެ" އަހަރެންބުނިން "އެހެންވިއްޔާ އެމަންމަ ގާތަށްގޮސް މަންމައަށް ހެޔޮކޮން ހިތުމުގައި ހޭދަކުރޭ ސުވަރުގެ ވަނީ މަންމަގެ ފައިތިލައިގެ ދަށުގައި" އޭނާބުނި "އަހަރެންގެ މަންމަ ނުދަންނަންތަ؟

 އަހަރެންގެ މަންމައެއީ ރޭގައި ކޮތަޅެއް ހިފައިގެން އެ އައީ، އެ މަންމަ އަހަރެންނަށް ބުނި އޭދަރިފުޅާ ކާފަރުންނާ ބައްދަލުވެއްޖެނަމަ ފަސްދީނޭނބުރޭތި. ﷲ އަށް ތިބާގެ ނަފުސުހިބަކޮށް އެ އިލާހުގެ ކުއްތައް ހޯދާ ދަރިފުޅުގެ ބައްޕަޔާ މަންމަ ފަރާތުގެ ބޮޑުބޭންނާއެކު ސުވަރުގޭގައި ވުމުގެ ނިއުމަތް ހޯދާ ދަރިފުޅަށް ޝަހީދުވުމުގެ ފުރުސަތު ލިބިއްޖެއްޔާ މަންމައަށް ޝަފާއަތްތެރިވިދީ. އެއަށްފަހު އެކުއްޖާ އަހަރެންނާ މުހާތަބުކޮށް ބުނި ﷲ އަށްޓަކައި ބުނަން ﷲ ގެ މަގުގައި ތިބާއާއެކު ޖިހާދުކުރުމަށް އަހަރެންނަށް ފުރުސަތުދެއްވާ އެކަމުން އަހަރެން މަހްރޫމް ނުކުރައްވާ. އަހަރެންނަކީ ޝަހިދެއްގެ ދަރި ޝަހީދެއް އަހަރެން ޤުރްއާން ހިތުދަސްކޮށްފައިވާނެ. ޝަވާރުވުމާ ދުނިދަނޑީގެ ހުނަރު އަހަރެންވާނީ ދަސްކޮށްފައި، އަހަރެންގެ ޒުވާން ކަމަށްޓަކައި އަހަރެން ނިކަމެތިކޮށްނުލާށެވެ.
 އެކުއްޖާގެ ކިބައިން މިވާހަކަތައް އަޑުއެހުމަށްފަހު އެކުއްޖާ އަނބުރާ ފޮނުވާލާކަށް އަހަރެންނަކަށް ނުކެރުނު، އެކުއްޖާގެ ކިބައިން މިވާހަކަތައް އަޑުއެހުމަށްފަހު އެކުއްޖާ އަނބުރާ ފޮނުވާލާކަށް އަހަރެންނަކަށް ނުކެރުނުއެވެ.

 ﷲ ގަންދީފައި ބުނަން އެއީ އަޖައިބެއްފަދަ ކުއްޖެއް، އަހަރެމެންގެ ތެރޭގައި އެވަރުގެ ހުނަރުވެރިޔަކު މަދު، ސަވާރުވެއްޖެއްޔާ އެއަށްވުރެ ބާރަށް ދަތުރުކުރާ މީހަކުނެތް، އަހަރެމެން މަންޒިލަކަށް ފައިބަިފިއްޔާމު އެއަށްވުރެ ހީވާގި މުރާލި މީހަކުނެތް. އެއްމެހާ ވަގުތު ތަކެއްގައި އޭނާގެ ދޫ އޮންނަނީ ﷲ ގެ ޒިކުރު ކުރުމުގައި ތެތްމާފައިއެވެ. އެންމެފަހުން ދަތުރުކޮށްފައިގޮސް ޓެންޓާހަމަޔަށް ދެވިއްޖެއެވެ. އެއްަޗެއްކެތްކުމަށްޓަކައި އަހަރެމެން ތަންކޮޅެއް ދުރައްދިއުމަށް އޭނާއަށް އެދުނިން. އޭގެފަހުން މާބޮޑަށް ލަސްވެގެން އޭނާގެ ޙަބަރެއް ނުވެގެން ވީގޮތެއް ބަލައިލުމަށްޓަކައި އަހަރެއް ހިނގައްޖައިން.

 އެކުއްޖާއޮތީ ވަރުބަލިކަމުން ހިލަގަނޑެއްގައި ބޯއަޅައިލައިގެން ނިދިފައެވެ. އަހަރެންނަށް އޭނާގެ ހާލުފެނުމާއެކު ހޭލަޢްވާލާކަށްވެސް ނުކެރުނު އަދި އޭނާ އެތާބާއްވާފައި އެކުވެރީންގެ ގާތަށްދާކަށްވެސް ނުކެރުނެވެ. އެކުއްޖާ ނިދީގެތެރޭގައި ހިނިތުންވާންފަށައިފިއެވެ. އިތުރަށް އެކުއްޖާއާމެދު ސަމާލުވެ ބަލަންފަށައިފިން. އޭނާގެ ހިނިތުންވުން ފަހަރަކަށްވުރެ ފަހަރެއް އިތުރުވުމުންގޮސް އެންމެފަހުން ވަރަށް ބޮޑަށް ހިނިއައިސްގެން އޭނާ ހޭލައިފިއެވެ. އަދި އޭނާހުރީ ވަރަށް އުފަލުން ފޮޅިފައިއެވެ. ކުއްލިއަކަށް އޭނާއަށް އަހަރެންފެނުމުން ސިއްސައިގެން ގޮށްސި އަދި އެޔާއެކު މާލަސްވެއްޖެދޯ މިހެންބުނެ ކާތަކެތި ތައްޔާރުކުރުމަށްޓަކާ  އުޅެގެންފިއެވެ. އަހަރެންބުނީން އެއްވެސް ކާއެއްޗެއް ބޭނުމެއްނޫން ތިޔަދިމާވި ކަންތަކުގެ ވާހަކަ އަހަރެންނަށް ކިޔައިދޭންވާނެ. އޭނާބުނި ނޫން ބޮޑުބޭބޭ މީ އަހަރެންނާ ﷲ އާދެމެދުގައިވާ ސިއްރެއް. އަހަރެންބުނީން ނޫން ތިވާހަކަވާނީ ކިޔައިދޭން.

 އެންމެފަހުން އޭނާބުނި އާނ ބޮޑުބޭބޭ. އަހަރެން ހުވަފެނުގައި ދުށީން. އަހަރެންނަށް ސުވަރުގެ ވަދެވިގެން އުޅެނިކޮން. އެތާގެ ރީތިކަމާ ފުރިހަމަކަމުގެ ވާހަކަ ދައްކާނެކަމެއްނެތް. ﷲ ގެ ފޮތުގައި ސިފަކުރައްވާފައިވާ ފަދައިން އެތަންވަނީ. އަހަރެން އެތާގެތެރެއަށް ވަންނަމުން ދިޔައިރު ގަނޑުވަރެއް ދުށީން ރަނާ ރިހީގެ ފާރުތަކުން ހެދިފައިވާތަނެއް. އެތާގެ ތަޅުންވަނީ ތަފާތު ޔާގޫތުތަކުން ޒިނަތްތެރިކުރެވިފައެވެ. ދޮރުތައްވަނީވެސް ރަނުން. އެތާގައި ފަރުދާތަކެއްހުރި. އެފަރުދާތަކުގެ އަނެއްފަރާތުގައި ރީތިރިތި އެއްއުމުރެއްގެ ޒުވާން އަންހެންކުދީންތަކެއް ތިބިއެވެ. އެކަނބަލުންގެ މޫނުތައްހީވަނީ ހަނދުތަކެއްހެން. ރީތިކަމާއި ފުރިހަމަކުމުގެ ވާހަކަ ދައްކާނެކަމެއްނެތް. އެހުރިހާ އަންހެންކުދިންނަށްވުރެ މާފުރިހަމަވެގެންވާ ޖާރިޔާއެއް އަހަރެން ދުށިން. އެޖާރިޔާގެ ކަނާތްފަރާތުގައިވާ އެހެންޖާރިޔާއަކަށް އަހަރެންދައްކާފައި މީ މަރްލިއްޔާގެ ފިރިމީހާއޭ ބުނެލި.

 އަހަރެންކުއްލިއަކަށް ހައިރާންވެއްޖައިން. އަހަރެންނަކަށް މަރްލިއްޔާއަކީ ކާކުކަމެއްވެސް ނޭގެއެވެ. އަހަރެން ކުއްލިއަކަށް ތީ މަރްލިއްޔާއޭ އަހައިލައިފިން. އެ ޖާރިޔާ ބުނި ނޫން. އަހަރެންނަކީ މަރްލިއްޔާގެ ޚާދިމާއިންކުރެ ޚާދިމާއެއް. މަރްލިއްޔާ އާ ބައްދަލުކުރަން ބޭނުންތަ؟ ގަނޑުވަރުގެ ތެރެއަށް ވަށްނަވާ. އެހެންބުނުމާއެކު އަހަރެން ގަނޑުވަރުގެ ތެރެއަށް ވަނިން. އެތާގެ ތެރެގައި ހުދު ރަނުންހުރި ކޮޓަރިއެއް ހަދައިފައިހުރި. ރަންރިހި ޖަވައިހިރުން މުޅިތަންވަނީ ޒީނަތްތެރި ކުރެވިފައެވެ. ހުދުރިހިން ހަދައިފައިވާ އެނދެންގެ މަތީގައި ޖާރިޔާއެއް އިން. އެކަނބުލޭގެ މޫނު ހީވަނީ އިރެއްހެން. އޭނާގެ ރީތިކަމާއި ފުރިހަމަކަން އަދި މާބޮދުވެގެންވެ. އެޖާރިޔާއަށް އަހަރެން ފެނުމާއެކު ވާހަކަ ދަށްކަންފެށި. ﷲ ގެ ވަލީވެރިޔާއަށް މަރުހަބާއޭ ގޮވާލި. އަހަރެންމީ ތިބާގެ މިލްކެއް. އަދި ތީ އަހަރެންގެ މިލްކެއް. އެގޮތަށްގޮވާ އަހަރެންނާ މުހާތަބުކުރަންފެށި.

 އަހަރެންނަށް އެވާހަކަތަޢް އިވުމާއެކު އަދި އެޖާރިޔާގެ ފުރިހަމަކަމާ ރީތިކަމަށްޓަކައި އެ ޖާރިޔާކައިރިޔަށް އަހަރެންނަށް ދެވިއްޖެ. އަދި އެކަނބުލެގެ ގައިގައި އަތްލުމަށްޓަކައި އަހަރެން އޫޅެފިން. އެހިނދުގައި އެކަނބުލޭގެ އަހަރެންނާ މުހާތަބުކޮށް ބުނި. އޭ ލޯބިވާ ލޯބިވެރިޔާ އަހަރެންނާ ތިޔައެއްވުރެ ކައިރިނުވާތި. އަދި ތިބާގެ ހަޔާތުގައި ބާކީ ތަންއެބެއް. އަހަރެމެން ބައްދަލުވާނީ މާދަމާ މެންދުރު ނަމާދަށްފަހު. މިހެންބުނުމާއެކު އަހަރެން އުފަލުންގޮސް ފޮޅިއްޖެ. އެކަމާ އުފަލުން ހެމުން ހެމުންގޮސް ހެވުނުތަން ބޭބެޔަށް ތިޔަ ފެނުނީ. އަބޫޤުދާމާ ކިޔައިދިން. މިފަދަ ކުއްޖެއްގެ ފަރާތުން މިކަހަލަ  ހުވަފެނެއްފެނުމުން އަހަރެން ބުނީން. ތިޔަފެނުނީ ރަނގަޅުކަމެއް. އިންޝާ ﷲ ރަނގަޅުވާނެ.

 އަނެއް ދުވަހު ހެނދުނު މައިދާނުން އަހަރެމެން އަދުއްވުންނާ ކުރިމަތިލައިފިން އަހަރެން އެއްކަލަ ކުއްޖާ ހޯދަމުން ދިޔައިން ލަޝްކަރުތަކުގެ އެންމެ ކުރީގައި އެކުއްޖާހުރި އަހަރެން ސަފުތައްފަޅާލުމަށްފަހު އެކުއްޖާ ކައިރިއަށް ދިޔައިން އަދިބުނެފިން އޭދަރިފުޅާ ދޭ ލަޝްކަރުގެ އެންމެ ފަހަތަށް ނަޝްރު ލިބިއްޖެއްޔާ އަހަރެމެންނާއެކު ނަޝްރު ލިބެނެ ބަލިވެއްޖެއްޔާ އެންމެކުރިން ޤަތުލުވާ މިހުންގެ ތެރޭން އޭރުން ތިބާ ނުވާނެ އެކުއްޖާއަހަރެންނާ ދިމާލަށް އަޖައިބުވެގެން ހުރި ފާޑަކަށް ބަލަންހުރި އެއަށްފަހު ބުނެލި ބޮޑުބޭބެ އަހަރެންނަށް ތިޔަހެން ތިޔަބުނަނީ ކީތްވެތަ. އަަހރެން މީ ނަރަކާގެ އަހުލުވެރިއަކަށް ވާންވީތެ؟ ބަލަﷲ ޝުބްޙާނަ ވަތަޢާލާ އަންގަވާފައިވަނީ ކާފަރުންނާ ބައްދަލުވެއްޖެއްޔާ ފުރަގަސްދީ ނުދިއުމަކަށް ނޫންތަ؟ އެގޮތަށް ފުރަގަސްދީ ހިނގައްޖެއްޔާ ނަރަކާގެ އަހުުވެރިންގެ ތެރޭން ވެގޭންދާނެއެއްނޫން؟

 ދެންއަހަރެން އޭނާގެ އަތުގައިހިފައިގެން ލަޝްކަރުގެ އެންމެފަހަތައް ދިއުމަށްޓަކައި ހިނގައިގެންފީން. ކުއްލިއަކަށް އޭނާ އަހަރެން އަތުން އަތްދަމައިގަތް. އެއަށްފަހު ލަޝްކަރުގެ އެންމެކުރިއަށް އެނެއްކާވެސް ޖެހިލައިފި. ކުއްލިއަކަށް ހަނގުރާމަ ފެށިގެން ހިނގައްޖެ. ހަނގުރާމައިގައި ވަރަށް ހޫނުވެ އެކަކުއަނެކަކު ގެއްލިއްޖެ.ހަނގުރާމަ ވަރަށް ވަރުގަދަ ވެއްޖެ. ހަނގުރާމަ ދިގުލައިގެންގޮސް މެންދުރުވަގުތު ވަދެއްޖެ. ހިސާހިތަކު ޞަލީބީން ބަލިވެއްޖެ. މުސްލިމުންނަށް ނަސްރު ލިބިއްޖެ. މެންދުރުނަމާދު ކޮށްލައިގެން މައިދާނުގައި ޤަތުލު ވެފައިވާ މީހުންނާ ޒަހަމް ވެފައިވާ މީހުން ހޯދުމަށްޓަކައި އަހަރެމެން އުޅެގެންފިން. އަހަރެންމައިދާނުގެ ތެރޭގައި ހަރަކާތްތެރިވަނިކޮށް ގޮވާއަޑު އިވިއްޖެ. އޭ މީސްތަކުންނޭ އަހަރެންނަށް އަހަރެންގެ ބޮޑުބޭބޭ އަބޫޤުދާމާ ހޯދަދީބަލަ. މި އަޑުއިވުމާއެކު އަހަރެން އެތަނަށް ހިނގައްޖައީން. އެއީ އެއްކަލަ ކުއްޖާގެ ހަށިގަނޑު އެއީ އެކުއްޖާގެ ހެނދުން އޭހަމަ އެކުއްޖާ.

 ސަހަރާގެތެރޭގައި ޔަތީމުކުއްޖާ މިވަނީ ޒަހަމްވެފާ. ދެން އޭނާ ގަދަނުވާވަރަށް މިވަނީ އޭނާގެ ހާލުބޮޑުވެފަ. އަހަރެންނަށް ވަރަށް އަސަރު ކޮށްފި. އަހަރެން ވަރަށް ބާރަށް ގޮވައިލަޢިފިން. މީ އަބޫޤުދާމާ. އެނާބުނި އަލްހަމްދު ލިﷲ. އެއިލާހީ އަހަރެންގެ ވަސިއްޔަތް ފޮރުކޮށްދެންދެން ދުނިޔޭގައި ލެހެއްޓެވި އިލާހު. އޭނާ ވަރަށް ބަލިކަށި އަޑަކުން ވާހަކަދައްކަންފެށި. އޭ ބޮޑުބޭބޭ. އަހަރެން މަރުވެއްޖެއްޔާ އަހަރެންގެ ރަށަށްގޮސް މަންމައަށް އުފާވެރިކަމުގެ ޚަބަރުދީ. ތިބާގެ ދަރިފުޅު ﷲ ގެ މަގުގައި ކުރިމަތިލާ ހަނގުރާމަކޮށް ޝަހީދުވެއްޖެއޭ ބުނެދީ އެއަށްފަހު އަނެއްކާވެސް އެކުއްޖާ ބުނި އޭ ބޮޑުބޭބޭ އަހަރެންގެ މަންމަޔަށް ތިބާގެބަސްތެދުކަން ހާމަކުރުމަށް އަހަރެންގެ ހެދުމުން ބަޔެއްގެންދޭ. އަހަރެންގެ މަންމަޔަށް އެމަންޒަރު ފެނިއްޖެއްޔާ ﷲ ގެ މަގުގައި އަހަރެން ޝަހީދުވީކަން އެނގޭނެ. ދެންއެމަންމަޔަށް ބުނެދީ އޭ މަންމާޔޭ ބައްދަލުވުން އޮތީ ސުވަރުގޭގައެ. އިންޝާ ﷲ ތިޔަ އުޚްތާގެ ބެލުންތެރިޔަކީ ﷲ އެ. އަބޫޤުދާމާ ކިޔައިދިން. އެއަށްފަހު އޭނާގެ އަޑުމަޑުވަމުންގޮސް ކިޔާނުކިޔާއެއްޗެއް ނޭނގޭވަރަށް މަޑުވެއްޖެ.

 އެއަށްފަހު ކުއްލިއަކަށް ވަރަށް ބާރަށް ގޮވާލި. އޭބޮޑުބޭބޭ ހުވަފެންތެދުވެއޖެ. ގެފފުޅުގެ ރައްބު ގަންދީ ބުނަން ހުވަފެން ތެދުވެއްޖެ. މަރްލިއްޔާއާ އަހަރެންނާ ބައްދަލުވެއްޖެ. މިހާރު މަރްލިއްޔާ އޭނީ އަހަރެންގެ ބޯކައިރީގަ. އަހަރެންނަށް އޭނާގެ މީރުވަސް އެބަދޮވާ. އަބޫޤުދާމާ ކިޔައިދިން. ދެން އެކުއްޖާ ފުންނޭވާތަކެއް ލުމަށްފަހުގައި. އަހަރެންގެ އަތްދަނޑިމަށްޗަށް މަރުވެއްޖެ. އިންނާލިﷲ ވައިންނާ އިލަައިހި ރާޖިއޫން.
 މަރުވެފައިވާ މީހުންގެ ކަންތައްތަކުން އަވަސްވެގަތުމަށްފަހު އަހަރެންގެ އެއްމެ ބޮޑުކަމަކަށްވީ ޝަހީދުވެގެން އެދިޔަޒުވާނާގެ ވަސިއްޔަތް ފުރިހަމަކޮށްދިނުން. އެހެންވެގެން އަހަރެން އޭނާގެ ރަށަށް ހިނގައްޖައިން. އެރަށުގެ މަގެއްމަތީން އަރަރެން ނުވައަހުރުގެ ޒުވާން އަންހެން ކުއްޖަކުދުށީން. އޭނާ މަގުމަތީންދާ ކޮންމެމީހަކާ ސުވާލުކުރޭ. ހަނގުރާމައިން އައިމީހެއްކަން އެނގޭނަމަ އޭނާގެ އަޚާކޮބައިތޯ ސުވާލުކުރޭ.

 އޭނާގެ އަޚާ ވީތަނެއް އެނގޭ މީހަކާ ދިމަލެއްނުވި. އެތައްބަޔަކާ ސުވާލުކުރުމަށްފަހު ޖަވާބު ނުލިބިގެން އެންމެފަހުން ރޮމުންރޮމުން އިށީނދެލައިފައި ބުނެލި މީސްތަކުން އެނބުރި އެބައާދޭ އަހަރެންގެ އަޚާއެއް ނުފެނޭ އަބޫޤުދާމާ ކިޔައިދިން. އަހަރެން އެކުއްޖާ ކައިރިއަށް ދިޔައީން. އޭނާއާއަށް އަހަރެންނާ އަހަރެންގެ އަތުގައިވާ ކޮތަޅުނފެނުމުން ދަތުރުކޮށްފައިއައި މީހެއްކަން އެނގިއްޖެ އަދި އަހަރެންއައީ ޖިހާދުންތޯ ސުވާލުކުރި އަހަރެން ބުނެލިން އާނ އޭނާ އަހަރެންނާ ސުވާލުކުރި އަހަރެންގެ އަޚާދުށީންތަ. އެހާ ހިސާބުން އަހަރެންނަށް އެނގިއްޖެ. މީ އެ އަންހެން ކުއްޖާކަން އަހަރެން ބުނެފިން ކޮބާތަ މަންމަ؟ މަންމަޔަށް ގޮވާބަލަ އެއަންހެންމީހާ ނިކުމެއްޖެ. އޭނާވަނީ ފުރިހަމައަށް ނިވާވެ ހިޖާބުވެގެން އެނާގެ ޖިއްބާބުގެ ތެރޭގައި ފޮރުވިގެން އޭނާގެ ކިބައިން ފެންނަންހުރީ ޣިއްފަތްތެރިކަން. އަހަރެން ހަމަފެނުމާ އެކު އޭނާއަށް އެގިއްޖެ. އެއާއެކު އޭނާ އަހަރެންނާ މުޚާތަބުކޮށް ވާހަކަދައްކަންފެށި.

 އޭ އަބޫޤުދާމާ ތިޔައީ ތަޣުޒިޔާކިޔަންތަ ނޫނިއްޔާ ތަހުނިޔާކިޔަންތަ؟ އަހަރެންނަކަށް ނުވިސްނުނު އަހަރެން ބުނެލައިފިން ކީކެ ތިޔަބުނީ އޭނާ ބުނި އަހަރެންގެ ދަރިފުޅު ފުރަގަސްނުދީ ކުރިމަތިލައި ﷲ ގެ މަގުގައި ޖިހާދުކުރަނިކޮށް ޝަހީދުވެއްޖެކަމުގެ ޚަބަރު ދީފިނަމަ ތިޔައީ އަހަރެންނަށް ތަހުނިޔާކިޔައި އުފާވެރިކަމުގެ ޚަބަރުދޭން އެއީ އަހަރެން ސަތާރަ އަހަރުވަންދެން ﷲ އަށްޓަކައި ތައްޔާރުކުރި ހަދިޔާއެއް. އެހަދިޔާއޭރުން ﷲ އެވަނީ ޤަބޫލުކުރައްވާފައި. އަހަރެންގެ ދަރިފުޅު ސަލާމަތުން އެތައްބައިވަރު ޤަނީމާއާއެކު އަންނަކަމުގެ ޚަބަރުދީފިނަމަ ތިޔައީ އަހަރެންނަށް ތަޣުޒިޔާކިޔަންއައި މީހެއް. 

ކުއްލިއަކަށް އަހަރެން އޭނާއަށް ޖަވާބުދިނީން. އޭ އުޚްތާ އުފާކުރޭ އަހަރެންމީ އުފާވެރިކަމުގެ ޚަބަރުދޭންއައި މީހެއް އޭނާ ﷲ ގެ މަގުގައި ޖިހާދުކުރަނިކޮށް ޝަހީދުވެއްޖެ. މިއޮތީ އޭނާގެ ހެދުމުން ބައެއް. އަހަރެންގެ އެކޮތަޅުގެ ތެރޭގައިވާ އޭނާގެ ހެދުންނަގާ ދައްކާލިން އޭގެން އޭނާގެ ހަށިގަނޑުގެ ލޭތިކި ޖަހަޖަހާ އޮތް. އެމަންޒަރު އެ އަންހެންމީހާއާ އަދި އެކުޑަކުޑަ ކުއްޖާވެސްދުއް. އަންހެންމީހާ އުފަލުން ތަކުބީރުކީ ﷲ އަކްބަރޭ ކިޔާ އުފާކުރަމުންދިޔަ އެހެންނަމަވެސް އެހެންނަމަވެސް އެކުޑަކުޑަ އަންހެއްކުއްޖާ އޭނާ ކުއްލިއަކަށް މާނޭވާ ލުމަށްފަހު ބިންމަށްޗަށް ވެއްޓިއްޖެ. އެއަށްފަހު އޭނާގެ މަންމަ ގޭތެރެއަށް ވަދެ ފެންފޮދެއް ގެނެސްގެން ކުއްޖާ ހޭއެރުވޭތޯ މަސައްކައްކުރި އިރުގަނޑެއްގައި މަސައްކަތްކުރިފަހުން ކުއްޖާ ހޭލި އެހެންނަމަވެސްއޭނާ މާނޭވާލަމުންދިޔަ އަދި އެކުޑަކުޑަކުއްޖާ އޭނާގެ ބައްޕަޔަށާ އޭނާގެ އަޚާއަށް ގޮވަމުންދިޔަ އެއްމެފަހުން އެކުއްޖާވެސް މިދުނިޔެއާ އަލްވަދާއުކިޔައިފި. އެ އަންހެންމީހާގެ ހުރިހާ އެންމެން ވަކިވެގެން ދިޔައީ. ކުއްލިއަކަށް އަންހެންމީހާގެ އަތްދަނޑިމަށްޗަށް ދަރިފުޅުލައިގެން ގޭގެތެރެއަށް ވަދެއްޖެ. އަދި އަހަރެންގެ ކުރިމަތީގައި ދޮރުލައްޕާ ބަންދުކޮށްފި އަހަރެން ޓަކިޖަހާޖަހާވެސް ނުހުޅުވި އެ އަށްފަހު އެއަންހެންމީހާ ދުޣާކުރަމުންބުނާ އަޑުއެހިން އޭ ﷲ މި އަޅާގެ ފިރިމީހާއާ މިއަޅާގެ އެއްބަނޑުއެއްބަފާ އަޚުންނާ އަދި މިއަޅާގެ ދަރިފުޅު އިބައިލާހުގެ މަގުގައި ގުރުބާން ކޮށްފިން. އިބައިލާހު މިއަޅާގެ ކިބައިން އެކަން ޤަބޫލުކުރައްވާށި. އަދި މިއަޅާއާ އެބައިމީހުންނާއެކު ސުވަރުގޭގައި ޖަމާކުރައްވާށި.